Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ghafir — Ayah 57

40:57
لَخَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَكۡبَرُ مِنۡ خَلۡقِ ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ٥٧
ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.\n* ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين)