Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ghafir — Ayah 82

40:82
أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَكۡثَرَ مِنۡهُمۡ وَأَشَدَّ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ٨٢
އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ.