Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fussilat — Ayah 44

41:44
وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ ٤٤
އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمى ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ