Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fussilat — Ayah 47

41:47
۞ إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٖ ٤٧
قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ.\nފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ.