Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ash-Shuraa — Ayah 22

42:22
تَرَى ٱلظَّٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ٢٢
قيامة ދުވަހުން ކަލޭގެފާނު، އަނިޔާވެރީންތައް ދެކެވަޑައިގަންނަވާނީ ބިރުން ސިހި، ފެންކަޅިވެގެން ވާތީއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެ عمل ތަކުގެ ނަތީޖާ އެމީހުންނަށް މިހާރު އެވަނީ ދިމާވެފައެވެ. އޭގެ ފުރިހަމަ ޖަޒާގެ ތެރެއަށް ވަދެވިފައެވެ. އެއީ عذاب އެވެ. އަދި ﷲ އަށް إيمان ވެ، ހެޔޮލަފާކޮށް އުޅުނު މީހުން - صالح عمل ކުރި މީހުން - قيامة ދުވަހުން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައެވެ. ހިތަށް ގެންނަންވެސް ނޭނގޭހައި ތަނަވަސް نعمة ގައެވެ. އެމީހުން އެދޭހައި ކަމެއް އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ބޮޑުވެގެންވާ މާތްކަމާއި، كرامة އަކީ އެއީއެވެ.