Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ash-Shuraa — Ayah 7

42:7
وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ ٧
އަދި ކޮންމެ رسول ބޭކަލަކަށްވެސް އެ ބޭކަލެއްގެ قوم ގެ ބަހުން ތިމަން ރަސްކަލާނގެ وحي ބާވައިލެއްވި ފަދައިން ކަލޭގެފާނަށްވެސް ތިމަން ރަސްކަލާނގެ وحي ބާވައި މި ލެއްވީ ކަލޭގެފާނުންގެ قوم ގެ މީހުންގެ ބަހުންނެވެ. އެއީ عرب ބަހުން ވާ قرآن އެއްގެ ގޮތުންނެވެ. އެއީ مكّة ގެ މީހުންނަށާއި، ދެންވެސް އެރަށް ވަށައިގެން ވާހައި ބަޔަކަށް (އެންމެހައި މީސްތަކުންނަށް) عذاب އަތުވެދާނޭ ކަމުގެ ވާހަކައިން ކަލޭގެފާނު إنذار ކުރައްވައި، ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. އަދި އެ ދުވަހާމެދު އެއްވެސް ޝައްކެއް ނުވާ قيامة ދުވަހާމެދުވެސް ކަލޭގެފާނު إنذار ކުރެއްވުމަށް ޓަކައެވެ. ފަހެ އެ ދުވަހުން އެއްބަޔަކު ވާނީ (حساب ބެއްލެވުމަށްފަހު) ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާނީ ނަރަކައިގައެވެ. އަލިފާނުގައެވެ. (ތިންވަނަ ތަނެއް ނުވެއެވެ.)