Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Az-Zukhruf — Ayah 57

43:57
۞ وَلَمَّا ضُرِبَ ٱبۡنُ مَرۡيَمَ مَثَلًا إِذَا قَوۡمُكَ مِنۡهُ يَصِدُّونَ ٥٧
އަދި مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނުގެ މިސާލު ޖެހެވުނު ހިނދުން ކަލޭގެފާނުންގެ قوم ގެ މީހުން އެކަމާމެދު ހަޅޭލަވައި، އަޑުގަދަކޮށް، ހީހެދީއެވެ.\nދަންނައެވެ. މި އާޔަތުން މި އިޝާރާތްވަނީ رسول الله ﷺ އާއި، إبن ازبعرى ކިޔާ މީހަކާމެދު ހިނގި ޖަދަލުވެރި ދިމާކުރުމަކާއެވެ. ]އެކަން ވީގޮތަކީ (إنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللهِ حَصَبُ جَهَنَّمَ...) މާނައީ (އޭ مشرك ންނޭވެ.) ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އެ ތަކެއްޗަށް އަޅުކަންކުރި އެންމެހައި ތަކެއްޗަކީ ނަރަކައިގެ ދަރެވެ...) މި އާޔަތް ބާވައިލެއްވުމުން إبن ازبعرى ދެންނެވިއެވެ. نصارى އިން عيسى عَلَيْه السَّلآم އަށް އަޅުކަން ނުކުރޭތޯއެވެ. އަދި يهودي ން عزير ގެފާނަށް އަޅުކަން ނުކުރޭތޯއެވެ؟ އަދި بنو مليح ގެ މީހުން ملائكة ބޭކަލުންނަށް އަޅުކަން ނުކުރޭތޯއެވެ؟ މި ބޭބޭކަލުން އަހުރެމެންނާއެކު ނަރަކައިގާ ތިބޭކަމަށް ވަންޏާ އަހުރެމެން ރުހިއްޖައީމެވެ. އެކަމާ އެމީހުން ވަރަށް އުފާކޮށް، މަޖާނެގިއެވެ. ހަޅޭލަވައިވެސް ހެދިއެވެ. މިވާހަކަޔާ ގުޅިގެން (إنَّ الَّذِينَ سَبَقَتْ لَهُمْ مِّنَّاالْحُسْنٰى أُولٰئِكَ عَنْهَا مُبْعَدُونَ) އެބަހީ: ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ حضرة ން ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން އެ ނަރަކަޔާ ދުރުކުރެވޭނެއެވެ. (އެބަހީ އެ نبي ބޭކަލުންނާއި، މަލާއިކަތް ބޭކަލުންނަކީ ބާއްޖަވެރީންނެވެ. އެބޭކަލުން ނަރަކައަށް ނުވަންނަ ހުއްޓެވެ.)