Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Az-Zukhruf — Ayah 59

43:59
إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ ٥٩
އަދި އެކަލޭގެފާނަކީ، އެބަހީ عيسى عَلَيْه السَّلآم އަކީ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް نعمة ލައްވައި، رحمة ލައްވާފައިވާ އަޅަކު ކަމުގައި މެނުވީ ނުވެއެވެ. (އެއީ ހަމަ އަޅެކެވެ. إلٰه އެއް ނޫނެވެ.) އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެ ލެއްވި بني إسرائيل ންނަށް ވާ مثال އެއް ކަމުގައެވެ. އެބަހީ ތިމަން ރަސްކަލާނގެ قدرة ތެރިކަމުގެ މިސާލެއް ކަމުގައެވެ. (ބަފަޔަކާ ނުލައިވެސް ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ އިންސާނުން އުފައްދަވާނޭ ކަމުގެ دليل އެއްގެ ގޮތުންނެވެ.) އެގޮތުން ءادم ގެފާނަކީ ބަފަޔަކު، އަދި މަޔަކުނެތި އުފެއްދެވި އަޅެކެވެ. حوّٰى ގެފާނަކީ މަޔަކުނެތި ހެއްދެވި އަޅެކެވެ. عيسى ގެފާނަކީ ބަފަޔަކުނެތި ހެއްދެވި އަޅެކެވެ. މި ހުރިހާ ގޮތަކަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.