Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Az-Zukhruf — Ayah 65

43:65
فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ ظَلَمُواْ مِنۡ عَذَابِ يَوۡمٍ أَلِيمٍ ٦٥
ފަހެ އެމީހުންގެ މެދުގައި - އެބަހީ يهودي ންނާއި، نصارى އިންގެ މެދުގައި - جماعة ތައް، يعني އެކިއެކި فرقة ތައް (عيسى عَلَيْه السَّلآم އާމެދު) ބަސް ތަފާތުވެ إختلاف ވެއްޖެއެވެ. ދެންފަހެ އަނިޔާވެރީންނަށް ހުރީ - (مشرك ންނަށް ހުރީ) - ދުވަހެއްގެ، ވޭންދެނިވި عذاب އެވެ. އެއީ قيامة ދުވަހެވެ. ދަންނައެވެ. عيسى عَلَيْه السَّلآم އާމެދު يهودي ންނާއި، نصارى އިން ތަފާތު ބަސްތައް ކިޔައެވެ. ބައެއް يهودي ން ބުނަނީ އެއީ ޒިނޭގެ ދަރިއެއް ކަމަށެވެ. - نعوذ بالله - އަދި ساحر އެކޭވެސް އެމީހުން ބުންޏެވެ. އަދި نصارى ންގެ ބައެއް މީހުން ބުންޏެވެ. އެއީ ﷲ އެވެ. އަދި نصارى އިންގެ އަނެއް ބަޔަކު ބުނީ އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މިނޫން ގޮތަގޮތަށްވެސް ބުންޏެވެ. އެ ހުރިހައި ބަސްތަކުން ﷲ تعالى ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.