Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ad-Dukhan — Ayah 24

44:24
وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ ٢٤
އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ - فرعون އާއި، އޭނާގެ لشكر އަކީ - ކަނޑުގައި غرق ވެވޭނޭ ބައެކެވެ. ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށްموسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.