Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Jathiyah — Ayah 14

45:14
قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ ١٤
(އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم\nއަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. (މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.)