Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Jathiyah — Ayah 16

45:16
وَلَقَدۡ ءَاتَيۡنَا بَنِيٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ ١٦
އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.