Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahqaf — Ayah 15

46:15
وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ ١٥
އަދި އިނަސާނާ އޭނާގެ މައިން ބަފައިންނާއިމެދު إحْسَان ތެރިވުމަށް / ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރު ކުރެއްވީމެވެ. މިހެނީ އޭނާގެމަންމަ އޭނާޔާއިގެން ބަލިވެއިނީ ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އޭނާ އެދަރިފުޅު ވިހެއީވެސް ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އެދަރިފުޅާއިގެން އޭނާބަލިވެ އިނުމާއި އަދި ކިރުދީ ނިންމުމާއި އެއީ މުޅިއެކު ތިރީސް މަސްދުވަހެވެ. އަދި އެދަރިފުގެ ބުއްދި ފުރިހަމަވެ ހަށިގަޑު ގަދައެއްޖައުމަށް ދާންދެން (ބަލަހައްޓައެވެ.) އަދި ސާޅީސް އަހަރުވުމުން އެއިންސާނާ އޭނާގެ رَبُّ އަށް ދަންނަވައެވެ. އޭ އަޅުގެ رَبُّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި އަދި މިއަޅާގެ މައިން ބަފައިންގެ މައްޗަށް އެލެއްވި نِعْمَة އަށް މިއަޅާ ޝުކުރު ކުރާނެގޮތާއި އަދި އެ عَمَلُ އަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صَالِح عَمَلُ ކުރާނެ ގޮތާއި މިއަޅާއަށް އަންގަވައި ދެއްވާދޭވެ. އަދިމިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށް صُلْح ކޮށް ދެއްވާދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. އަދި ހަމަކަށަވަރުން މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (ކިޔަމަންތެރިންގެ ތެރެއިންނެވެ.)