Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahqaf — Ayah 17

46:17
وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ١٧
(آخِرَة ދުވަހަށް އީމާންނުވާ އަދި މައިން ބަފައިންނަށް ކިޔަމަންތެރިނުވާމީހާ) އޭނާގެ މައިންބަފައިންނަށް ބުނެއެވެ. ތިޔަދެމީހުންނަށް ހުތުރުކަން ހުއްޓެވެ. ތިޔަދެމީހުންގެ ވާހަކައިން އަހުރެންގެ ހިތް ދަތިވެއެވެ. އަހުރެން ކަށްވަޅުން ނެރެވޭނެކަމަށާއި مَحْشَرُ ކުރެވޭނެ ކަމަށް\nތިޔަ ދެމީހުން އަހުރެންނަށް ބިރުވެރި وَعْدُ ކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އަހުރެންގެކުރިން قَرْنُ ތައް ވޭތިވެގެން ހިގައްޖެއެވެ. (އޭގެތެރެއިން އެކަކުވެސް ނާދެއެވެ. އެމީހުންގެ ކަންތައް އެނިމުނީ އެވެ. އަހުރެންގެ ކަންތައްވެސްވާނީ ހަމައެހެންނެވެ.) އޭނާ އެހެންބުނިނަމަވެސް އެކުއްޖާގެ ބައްޕައާއި މަންމައާއިދެމީހުން އެކުއްޖާ ސަލާމަތްވޭތޯ الله އަށްދަންނަވައި دُعَاء ކުރައްވަނީއެވެ. (އަދި އެދެމީހުން އެކުއްޖާއަށް ބުނެއެވެ.) ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އީމާންވާށެވެ! (الله އަށާއި آخِرَة ދުވަހަށް އީމާންވާށެވެ!) ހަމަކަށަވަރުންﷲ ގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ. (މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުމުގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ.) ފަހެ އެކުއްޖާބުނެއެވެ. އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ ދޮގުވާހަކަތަކެއްކަމުގައި މެނުވީ ތިޔަވާހަކަތައްނުވެއެވެ.