Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Muhammad — Ayah 16

47:16
وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ ١٦
އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.