Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Muhammad — Ayah 38

47:38
هَٰٓأَنتُمۡ هَٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم ٣٨
އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.