Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Muhammad — Ayah 4

47:4
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ ٤
އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.)\nއަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.