Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 29

48:29
مُّحَمَّدٞ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعٗا سُجَّدٗا يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗاۖ سِيمَاهُمۡ فِي وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِي ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِي ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنۡهُم مَّغۡفِرَةٗ وَأَجۡرًا عَظِيمَۢا ٢٩
ﷲ ގެރަސޫލާ محَمَّد (ﷺ) އާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާމީހުން ކާފަރުންގެމައްޗަށް ގަދަފަދަކަން ބޮޑެވެ. އަދި އެހެންނަމަވެސް އެބޭކަލުންގެ މެދުގައި رَحُم އާއި އޯގާވެރިކަން ބޮޑުވެގެންވާބޭކަލުންކަމުގައިވިއެވެ. ﷲ ގެحَضْرَةُ ން فَضْلُ ވަންތަކަމާއި އަދި އެކަލާނގެ ރުއްސެވުން އެބޭކަލުން އެދިވަޑައިގަންނަވާ ޙާލު رُكُوعُ ގިނައިން ކުރައްވާ އަދި سَجِدَ ގިނައިން ކުރައްވާ ބޭކަލުންކަމުގައި ކަލޭ އެބޭކަލުންދެކޭނެއެވެ. ސަޖިކުރެއްވުމުގެ ނިޝާނާއި އަސަރު އެބޭކަލުންގެ މޫނުފުޅު ތަކުން ފެންނާންހުންނާނެއެވެ. އެއީ ތައުރާތުގައި ބަޔާންވެގެންވާ އެބޭކަލުންގެ މިސާލެވެ. ސިފައެވެ. އަދި އިން ޖީލުގައި އެބޭކަލުންގެމިސާލަކީ ކުދިގަސްތައްފަޅައިފާވާ ދަޑެއްގެ މިސާލެވެ. ދެން އެދަޑު އެއްގަސް އަނެއްގަހަށް އެހީދީ އަދި އެގަސްތައް ގިނަވެ ބޯވެފައިވާ އަދި އޭގެތަޑުގެމަތީގައި (ގަސްގަޑުގައި) ރީތިކޮށް ހަރުލައިގަސްތައް ކޮޅަށްހުރިދަޑެކެވެ. އަދި (އެދަޑުދެކެފައި ދަޑުރީތިކަމާއި މޮޅުކަމާއި ފައްކާކަމުން) ދަޑުވެރިން ޢަޖާކޮށްލާވަރައް ދަޑު ފުރިހަމަވެފައިވެއެވެ. އެހުރިހާކަމަކީ (އެބޭކަލުންގެސަބަބުން) ކާފަރުން ރުޅިއެރުވުމަށެވެ. އަދި އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުންނަށް ފާފަ ފުއްސަވާނެކަމަށާއި އަދި ބޮޑުވެގެންވާ ދަރުމަދެއްވާނެކަމަށް الله عْدُ ކުރެއްވިއެވެ.