Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hujurat — Ayah 2

49:2
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ٢
އޭއީމާންވެއްޖެ މީހުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ކަލޭމެން އަޑުތައް ނުއުފުލާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަކުރާގޮތަށް އަޑު އުފުލާ ވާހަކަ ދައްކާގޮތަށް ގޮތަށް އެކަލޭގެފާނުންގެ އަރިހުގައި އަޑު ނުއުފުލާށެވެ! އެގޮތަށްބަސްނުބުނާށެވެ! އެއީ ކަލޭމެންގެ ހެޔޮ ޢަމަލުތައް ކަލޭމެންނަށް إحْسَاس ވެސްނުވެ بَاطِلُ ނުވުމައްޓަކައެވެ. (بَاطِلُ ވެދާނެތީއެވެ.)\nދަންނައެވެ. މިބަސްޅުން ރަނގަޅަށް އެނގެނީ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެގޮތަށް އަޑުހަރުކޮށް ވާހަދައްކާނަމަ ތިމާމެންގެ ހެޔޮ ޢަމަލު بَاطِلُ ވާނެކަމެވެ. އަދި އަޑުހަރުކޮށް ވާހަކަދެއްކުމުގެ މުރާދެއްކަމުގައި ބައެއްބޭކަލުން ވިދާޅުވަނީ އޭ محَمَّد އޭ محَمَّد މިހެންކިޔައި އެކަލޭގެފާނާއި مُخَاطَبُ ކުރުމެވެ. އެޔާއިމުޅިން ޚިލާފަށް އެކަލޭގެފާއި مُخَاطَبُ ކުރަންވާނީ يَا نَبِيَّ الله ނުވަތަ يَا رَسُولَ الله އެވެ. ދެންފަހެ މިވާހަކައިގެ މުޅި މުރާދަކީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމެވެ.