Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 25

51:25
إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ ٢٥
إبراهيم عَلَيْه السلام ގެ އަރިހަށް އެބޭކަލުން ވެދެވަޑައިގެންނެވި ހިނދުން، ދެން ކަންތައް ވީގޮތް ހަނދުމަފުޅު ކުރައްވާށެވެ. އެބޭކަލުން ވެދެވަޑައިގެންފައި، އެކަލޭގެފާނަށް سلام ކުރެއްވިއެވެ. އަދި އެކަލޭގެފާނުންވެސް سلام ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "މިއީ ނުދަންނަ ބައެކެވެ." ނުވަތަ އެބޭކަލުންނާ مخاطب ކުރައްވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުންނަކީ އަދި ތިމަން ކަލޭގެފާނަށް މިހާތަނަށް އެގިވަޑައި ނުގަންނަވާ ބޭކަލުން ތަކެކެވެ."