Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 28

51:28
فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ ٢٨
(ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވުމުން) އެކަލޭގެފާނަށް ބިރުފުޅުގެންވަޑައިގަތުމެއް إحساس ކުރެވިއްޖެއެވެ. (އެގޮތަކީ އާދަމުގެ ދަރީންގެ މެދުގައި އާދަވެފައި ވަނީ ތިމާ ތައްޔާރުކުރި ކާނާ ނުކެއި ބަޔަކީ ހެވަކާއިގެން އައި ބައެއް ނޫންކަމާއި، އަދި ކޮންމެވެސް ބޮނޑިއެއް ދޭން އައި ބައެއް ކަމަށެވެ. އެހެންވެ، ބިރުފުޅުގެންވަޑައިގެންނެވީ އެވެ. ނުވަތަ އެއީ ملائكة ބޭކަލުން ކަމުގައި ހީފުޅުވެގެން ބިރުފުޅުގެންވަޑައިގެންނެވީ އެވެ.) އަދި އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ." އަދި އެބޭކަލުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގެންފާނޭ ކަމުގެ އުފާވެރި خبر ދެއްވިއެވެ. އެހިނދު އެބޭކަލުންނީ ملائكة ބޭކަލުންކަން އެނގިވަޑައިގެންފިއެވެ.