Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Tur — Ayah 1

52:1
وَٱلطُّورِ ١
طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام‎ އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް ﷲ تعالى އެކަލޭގެފާނަށް وحِى ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلى ވެވޮޑިގަތުމުންނެވެ.) والله أعلم\nދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.