Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Tur — Ayah 7

52:7
إِنَّ عَذَابَ رَبِّكَ لَوَٰقِعٞ ٧
(އިސްވެދިޔަ ހުރިހާ ހުވައިގެ ޖަވާބަކީ ނުވަތަ އެ ހުވައިން މުރާދުކުރެވެނީ) ހަމަކަށަވަރުން (އޭ رسول الله އެވެ.) ކަލޭގެފާނުންގެ رب ގެ عذاب އަކީ ކަނޑައެޅިގެން ހަމަ يقين ންވެސް އޮންނާނޭ އެއްޗެކެވެ. (قيامة ދުވަހުން އެ عذاب حق ވެއްޖެ ބަޔަކަށް އެ عذاب ނުޖެހި ނުދާނޭ ކަމީ ކަށަވަރު ކަމެކެވެ. އެ ހުރިހާ އެއްޗެއް ގަންދެއްވައި ﷲ تعالى އެ ހުވައި وحي ކުރައްވާ ކަމަކީ يقين ކަމެކެވެ. އެންމެހާ އަޅުތަކުން އެކަމަށް ބިރުވެތިވެ އެ عذاب ން ސަލާމަތް ވޭތޯ މަސައްކަތްކުރުން ކޮންމެހެން وَاجِبُ ވެގެން ވެއެވެ. އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.