Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Najm — Ayah 32

53:32
ٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ٣٢
އެމީހުންނަކީ އެބަހީ ރަނގަޅު ހެޔޮ عمل ކުރި ރަނގަޅު މީހުންނަކީ ތިމާމެންގެ ފަރާތުން ވެވޭ ކުދިކުދި ފާފަ (لَمَمُ) މެނުވީ ނުކުރާ މީހުންނެވެ. ބޮޑެތި ފާފަޔާއި، فاحش ކަންތަކަށް އަރައިނުގަންނަ މީހުންނެވެ. އެކަންކަމާ ދުރުވެގެންވާ މީހުންނެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ފާފަ ފުއްސެވުން ތަނަވަސް ވެގެންވާ ކަލާނގެއެވެ. އެބަހީ އެންމެހައި ފާފަވެސް ފުއްސަވާ ކަލާނގެއެވެ. އަދި ކަލޭމެންގެ އެންމެހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ކަލޭމެން ބިމުން ހެއްދެވިހިނދުވެސް (އެބަހީ ކަލޭމެންގެ ބައްޕަ ءادم ގެފާނު ހެއްދެވިހިނދު ވެސް) އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުގައިވާ حال ވެސް ކަލޭމެންގެ ހުރިހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އަމިއްލައަށް ކަލޭމެންގެ نفس ތައް طاهر ނުކުރާށެވެ. (އެބަހީ ކަލޭމެންނަކީ ފާފައެއް ނެތް ރަނގަޅު ބަޔަކު ކަމުގައި ކަލޭމެން އަމިއްލައަށް ބުނެ ނަހަދާށެވެ.) ހަމަކަށަވަރުން تقوٰى ވެރި މާތް طاهر ބަޔަކީ ކޮން ބަޔަކުކަން ވެސް އެކަލާނގެ މާ ރަނގަޅަށް ދެނެވޮޑިގެން ވެއެވެ.