Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qamar — Ayah 1

54:1
ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ ١
قيامة ދުވަސް ގާތްވެއްޖެއެވެ. އަދި ހަނދު ފަޅައިގެން ހިނގައްޖެއެވެ.\nދަންނައެވެ. قيامة ގާތްވެއްޖެ ކަމުގައި އޮތް ބަސްފުޅުން މުރާދުވެވެނީ محمّد ﷺ ގެ نبي ކަމާއިގެން ފޮނުއްވެވުމުގެ ވަގުތުން ފެށިގެން ދެން އޮތް ވަގުތާއި، އޭގެ ކުރީން ދުނިޔެއިން ވޭތިވެގެން ދިޔަ ވަގުތާ އަޅާ ބަލާއިރު އިސްވެދިޔަ ވަގުތު ގިނަވެފައި، رسول الله ﷺ އެއީ އެންމެ ފަހުގެ نبي އާ ކަމުގައި ވީކަމެވެ. ފަހެ އެކަލޭގެފާނު ފޮނުއްވެވުމުން ދެން قيامة އެ ގާތްވީއެވެ.\nހަނދު ފަޅައިގެންދިޔަ މައްސަލައަކީ تاريخ އާއި، سيرة ން صريح ކޮށް ސާބިތުވާ ގޮތުން مكّة ގެ مشرك ން رسول الله ﷺ ގެ އަރިހުން އެކަމަށް އެދުނު ހިނދުން އެކަލޭގެފާނު ހަނދަށް إشارة ކުރެއްވުމުން ﷲ އެ ހަނދު ދެފަޅިކުރައްވައި رسول الله ﷺ ގެ رسول ކަމުގެ މައްޗަށް تائيد ކުރާ معجزة އެއްގެ ގޮތުން ލެއްވި ކަމެވެ. އެ އެ معجزة ކާފަރުންވެސް ދުށްޓެވެ. އަދި إيمان ނުވި މީހުން ބުނީ އެއީ ދެމިގެންވާ سحر އެއް ކަމަށެވެ. އެވާހަކަ ދެވަނަ آية ގައި އެވަނީއެވެ.