Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hadid — Ayah 10

57:10
وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ١٠
(އޭމީސްތަކުންނޭވެ!) ކަލޭމެންގެ އަތުގައިވާ މުދަލުން ﷲ ގެމަގުގައި ކަލޭމެން ހޭދަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ (އެއީ ކަލޭމެން تَصَرُّفُ ކުރުމަށް الله ކަލޭމެނަށް ދެއްވާފައިވާ އެކަލާނގެ މުދަލެވެ.) އަދި އުޑުތަކާއި ބިންތަކުގެ މުޅި ވާރުތަ މިލްކުވެ خَاصَّ ވެގެންވަނީ ހަމަ އެކާނގެއަށެވެ. އެއީ އެންމެހައި خَلقُ ތަކުން މަރުވުމަށްފަހުވެސް އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައި ވާހާތަކެތީ ވާރުތަ މިލްކުވެގެންވާނީ ވެސް ހަމައެކަނި އެކަލާނގެއަށެވެ. މަރުވެގެން ދާއިރު އެކަކުވެސް އެއްވެސް މުދަލެއް ނުގެންދާނެއެވެ. ދެންފަހެ މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މައްކާ فَتَحَ ވުމުގެ ފަހުން ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މިދެބައިމީހުން މާތްކަމާއި ދަރަޖައިގެގޮތުން ހަމަހަމަވެގެން ނުވެއެވެ. މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އެކަމަކު އެދެބައިމީހުންކުރެ ކޮންމެބަޔަކަށްވެސް اللَّهُ وَعْدُ ކުރައްވާފައިވަނީ ހެޔޮދަރުމައެވެ. ސުވަރުގެއެވެ. އަދި اللَّهُ تَعَالى އީ ކަލޭމެން ކުރާ ހުރިހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލާނގެއެވެ. (އަދި އެކަމުގެ ޚަބަރު އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.)