Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 13

58:13
ءَأَشۡفَقۡتُمۡ أَن تُقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَٰتٖۚ فَإِذۡ لَمۡ تَفۡعَلُواْ وَتَابَ ٱللَّهُ عَلَيۡكُمۡ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ١٣
ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ.\nނޯޓް: إبن عَبَّاس ގެ އަރިހުން إبن المُنْذِر އާއި، إبن أبِى حاتِم އާއި، إبن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =