Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 2

58:2
ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمۡۖ إِنۡ أُمَّهَٰتُهُمۡ إِلَّا ٱلَّٰٓـِٔي وَلَدۡنَهُمۡۚ وَإِنَّهُمۡ لَيَقُولُونَ مُنكَرٗا مِّنَ ٱلۡقَوۡلِ وَزُورٗاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ٢
ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ.\nދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ.