Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 22

58:22
لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ ٢٢
ﷲ އަށާއި، އަދި آخِرَة ދުވަހަށް إِيْمَان ވާ މީހުން ﷲ އާއި، އެކަލާނގެ رَسُول އާ އާ އިދިކޮޅުހަދާ މީހުންނަށް ލޯބިކޮށް، ގުޅުންބަހައްޓާ ހަދާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެބަހީ ﷲ އަށާއި، آخِرَة ދުވަހަށް إِيْمَان ވާ ބަޔަކު ﷲ އަށާއި، އެކަލާނގެ رَسُول އާއަށް އުރެދި، ދެކޮޅުހަދައި ނުކިޔަމަންތެރިވާ ބަޔަކަށް ލޯބިކޮށް، ގުޅުންބަހައްޓައި ނުހަދާނެއެވެ. އެފަދަ ކަންތައްތައް ކުރުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ.) އަދި މިބުނާ ދެކޮޅުވެރި މީހުންނަކީ ތިމާމެންގެ ބަފައިން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ ދަރީން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ أَخ ން ކަމުގައި ވިޔަސް އަދި ނުވަތަ ތިމާމެންގެ ގާތްތިމާގެ މީހުން ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެފަދަ މީހުންނަށް ގުޅުން ބަހައްޓައި، ލޯބިވެތިކަން ބެހެއްޓުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ. އެހެނީ مُؤْمِن ންނަކީ އެމީހުންގެ ހިތްތަކަށް ﷲ إِيْمَان ކަން ދެއްވައި، ގަދަކުރައްވައި، އެކަލާނގެ حَضْرَة ން نَصْر ދެއްވާފައިވާ ބައެކެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމިއޮންނަ ސުވަރުގެތަކަށް އެކަލާނގެ އެމީހުން ވައްދަވާނެތެވެ. އެތަންތާނގައި އެމީހުން ދެމިތިބޭނެއެވެ. އެމީހުންނަށް ﷲ ރުއްސުން ލެއްވިއެވެ. އަދި އެމީހުންވެސް އެކަލާނގެއަށް ރުހިއްޖެއެވެ. އެއީ ﷲ ގެ جَماعَة އެވެ. ދަންނާށެވެ. ކާމިޔާބުވާނޭ މީހުންނަކީ ހަމަ ﷲ ގެ جَماعَة ގެ މީހުންނެވެ. ދަންނައެވެ. މިއާޔަތުން މިދަލީލު ކުރާ އެއްކަމަކީ މުސްލިމުންނޫންމީހުންގެ ފަރާތުން ހަމައެކަނި ސަލާމަތްވެ ރައްކާތެރިވުމަށްޓަކައިމެނުވީ މުސްލިމުނޫން މީހުންނާއި މުސްލިމުންގުޅުންބަހައްޓައި އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައިބަލައި އެމީހުންނަށް އިތުބާރުކޮށް ގުޅުން ބަހައްޓައިހެދުން އެއްވެސް މުސްލިމަކަށް ހުއްދަނުވާނެކަމެވެ. - وَاللَّهُ وَلِيُّ التَّوْفِيْق -