Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hashr — Ayah 2

59:2
هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ ٢
أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُواالنَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ.