Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hashr — Ayah 21

59:21
لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ ٢١
ފަރުބަދައެއްގެ މައްޗަށް ތިމަން ރަސްކަލާނގެ މި قُرْآن ބާވައިލެއްވިނަމަ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ހަލާކުވެގެން ވަނިކޮށެވެ. އަދި މީސްތަކުންނަށް ތިމަން ރަސްކަލާނގެ އެފަދަ މިސާލުތައް ޖައްސަވަނީ އެބައިމީހުން فِكْر ކޮށް، ﷲ ގެ قُدْرَة ތެރިކަމާމެދު ވިސްނައިހެދުމަށް ޓަކައެވެ.\nދަންނައެވެ. (قُرْآن ގެ ބޮޑުކަމާއި، މާތްކަމާއި، لَفْظ ތަކުގެ ރަނގަޅުކަމާއި، އަދި އެ އެތުރިފައިވާލެއް ވަރުގަދަކަމާއި، بَلاغَة ގެ ފުރިހަމަކަމާއި، އަދި ހިތްތައް މަޑުވެ، މައިތިރިވާ ފަދަ وَعْظ އާއި، نَصِيحَة ގެ މައްޗަށް އެކުލެވިފައި ވުމާއި، މިކަންކަން އެކުލެވިގެންވާ މާތް قُرْآن ބިމުގައި ރަނގަޅަށް ހަރުލައި، ފެތުރިފައިވާ ވަރުގަދަ، ގަދަފަދަ، ހަރު، ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަވެސް، ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ބުރައިގެން ހިނގައްޖައީހެވެ. އޭގައިވާ عَذَاب ގެ ބަސްފުޅުތަކުގެ ވަރުގަދަކަމާއި، قُرْآن ގެ މާތްކަމާއި، ބޮޑުކަމަށް ބަލާއިރު އެއަށް އަދާކުރާން واجِب ވާ حَقّ إحْتِرام އާއި، تَعْظِيم އަދާ ނުކުރެވިދާނޭކަމަށް ބިރުންނެވެ. އެކަމަކު މިހިރަ ދެރަ ضَعِيف ނިކަމެތި އިންސާނާގެ ހަށިގަނޑުގައި ވާ މުށަށް ލެވޭވަރުގެ ގުނަވަން - އޭނާގެ ހިތް قُرْآن -ން އޭގެ އެއްވެސް އަސަރެއް ނުކުރާ ކަމީ ކުޑަ عَجائِب އެއް ނޫނެވެ.)\nމި آيَة ން رَسُولُ ﷲ ގެ شَخْصِيَّة ގެ ثابِت ކަމާއި، އެކަލޭގެފާނުގެ جَلَال ގެ މަތިވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ސާބިތުވެއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބާރުގަދަ قُرْآن تَحَمَّل ކޮށްދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!