Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hashr — Ayah 6

59:6
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡهُمۡ فَمَآ أَوۡجَفۡتُمۡ عَلَيۡهِ مِنۡ خَيۡلٖ وَلَا رِكَابٖ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ٦
އަދި އެމީހުންގެ ކިބައިން، އެބަހީ بَنُواالنَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. بَنُواالنَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ.