Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hashr — Ayah 9

59:9
وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ٩
އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ.