Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mumtahanah — Ayah 4

60:4
قَدۡ كَانَتۡ لَكُمۡ أُسۡوَةٌ حَسَنَةٞ فِيٓ إِبۡرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذۡ قَالُواْ لِقَوۡمِهِمۡ إِنَّا بُرَءَٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ إِلَّا قَوۡلَ إِبۡرَٰهِيمَ لِأَبِيهِ لَأَسۡتَغۡفِرَنَّ لَكَ وَمَآ أَمۡلِكُ لَكَ مِنَ ٱللَّهِ مِن شَيۡءٖۖ رَّبَّنَا عَلَيۡكَ تَوَكَّلۡنَا وَإِلَيۡكَ أَنَبۡنَا وَإِلَيۡكَ ٱلۡمَصِيرُ ٤
(އޭ مُؤْمِن ތަކުންނޭވެ! ކާފަރުންނާއި، مُشْرِك ން ނަށް ކަލޭމެން مُؤْمِن ން مُوالات ކޮށް، ލޯބިވެތިކަން ބަހައްޓާން ނުވާނޭ ކަމުގެ މައްޗަށް) ރަނގަޅުވެގެންވާ ރިވެތި ނަމޫނާ، إبراهيم ގެފާނާއި، އެކަލޭގެފާނަށް إِيْمَان ވެގެން އެކަލޭގެފާނުގެ އަރިހުގައިތިއްބެވިބޭކަލުންގައި ވެއެވެ. އެ ބޭކަލުންގެ عَمَل ފުޅު އެއީ ކަލޭމެންގެ މައްޗަށް ވާ ރަނގަޅު ނަމޫނާއެކެވެ. އެ ބޭކަލުން އެ ބޭކަލުންގެ قَوْم ގެ މީހުންނަށް ވިދާޅުވި ހިނދު ހަނދާންކޮށްބަލާށެވެ! އެ ބޭކަލުން ވިދާޅުވިއެވެ. [އޭ قَوْم ގެ މީހުންނޭވެ. އަހުރެމެން މި ވަނީ ﷲ ފިޔަވައި ކަލޭމެން އަޅުކަން ކުރާހައި ތަކެތީންނާއި، އަދި ކަލޭމެންގެ ކިބައިން ބަރީއަ ވެގެންނެވެ. ކަލޭމެންނާ މުޅީން خِلاف ވެގެންނެވެ. އަހުރެމެންނާއި، ކަލޭމެންނާ ދެމެދު މިވަނީ ގަދަވެގެންވާ عَداوَة ތެރިކަމާއި، ރުޅިވެރި ކަމެކެވެ. އެއީ އަބަދަށެވެ. އެއްކައުވަންތަ ﷲ އަށް ކަލޭމެން إِيْمَان ވާނދެނެވެ. (އެބޭކަލުން މި إعْلان ކުރެއްވިއިރު ތިމާގެ މީހެއް، ބަފައެއް ދަރިއެއް ވަކި ނެތެވެ. އެންމެންނަށެވެ. دِين ތަފާތުވީމައި، އަހުރެމެން مُؤْمِن ން ވެސް ވާންޖެހޭނީ ހަމަ އެފަދައިންނެވެ. އެއީ ނަމޫނާއެވެ.) އެބޭކަލުންގެ ވާހަކައިން އިސްތިސްނާވަނީ ހަމައެކަނި إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ބައްޕައަށް ވިދާޅުވިއެވެ. [އަހުރެން ކަލޭގެ ފާފަ ފުއްސެވުން އެދި دُعاء ކުރާނަމެވެ. އަދި ﷲ ގެ حَضْرَة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް ބައްޕަގެ ފަރާތުން دِفاع ކުރެވޭނޭ އެއްވެސް ބާރެއް އަހުރެންނަކަށް ނުވެއެވެ.] (އެކަމަކު އެކަލޭގެފާނުގެ ބައްޕައާމެދު ވިދާޅުވި އެ ބަސްފުޅު އަނބުރައި ގެންނަވައި، އެ ބައްޕަގެ ފަރާތުންވެސް ދުރުވެވަޑައިގެން، ބަރީއަވެ ވަޑައިގެންނެވި އެވެ. އެއީ ހަމަ ﷲ ގެ عَدُوّ އެއްކަން ރަނގަޅަށް އެނގިވަޑައިގެންނެވުމުންނެވެ. تَوْبَة ސޫރަތުގައި އެވާހަކަ ވެއެވެ.) އޭ އަޅަމެންގެ رَبّ އެވެ! އަޅަމެން وَكِيل ކޮށް، رُجُوع ވަނީ ހަމައެކަނި އިބަ ރަސްކަލާނގެ حَضْرَة އަށެވެ. އަދި އެނބުރި ދިއުން ވަނީ އިބަ ރަސްކަލާނގެ حَضْرَة އަށެވެ.