Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Munafiqun — Ayah 1

63:1
إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ١
(އޭ رَسُوْل ﷲ އެވެ!) مُنافِق ންގެ މީހުން ކަލޭގެފާނުގެ مَجْلِس އަށް އަތުވެއްޖެއްޔާ އެމީހުން ބުނާނެއެވެ. [ހަމަކަށަވަރުން ކަލޭގެފާނަކީ ކަނޑައެޅިގެން ﷲ ގެ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] އަދި ﷲ އެއަންގަވަނީ ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ رَسُوْل އާ ކަން ﷲ ދެނެވޮޑިގެން ވެއެވެ. އަދި ހަމަކަށަވަރުން مُنافِق ން އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން، އެއީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގެންވެއެވެ.\nދަންނައެވެ. މި އާޔަތުގައި މިވާ مُنافِق ންގެ މުރާދަކީ عَبْدُﷲ بن أُبَيُّ بن سَلُول އާއި، އޭނާގެ އެކުވެރީންނެވެ. رَسُوْل ﷲ ﷺ ގެ މަޖްލިސްއަށް އެމީހުން އައިސް، [ކަލޭގެފާނީ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] މިހެން ބުނާ ބުނުމަކީ އެމީހުން ދުލުކޮޅުން ބުނާ ބުނުމެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެއީ مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާން ވެގެން ހަދާ ބޮޑު ރޯ ބުހުތާން ދޮގެވެ. އެމީހުންނަކީ އެތެރެފުށުން އީމާންވެގެންވާ ބައެއް ނޫނެވެ.