Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Talaq — Ayah 1

65:1
يَٰٓأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ١
އޭ ނަބިއްޔާއެވެ. (މި އާޔަތުން ނަބިއްޔާއަށް مُخَاطَب ކުރައްވާފައި އޮތަސް ބަސްފުޅުން مُرَاد ކުރެވެނީ މުޅި أُمَّة އާއިއެކުގަ އެވެ. އާޔަތުގެ سِيَاقُ ން އެކަން ރަނގަޅަށް ހާމަވެއެވެ.) ދެން އެއަންގަވަނީ، ތިޔަބައިމީހުން އަންހެނުން ވަރިކުރަންޏާ އެކަނބަލުންގެ عِدَّة ގެ ކުރީކޮޅުގައި ވަރިކުރާށެވެ. އެއީ حَيْض ން طَاهِر ވުމަށްފަހު އެކަނބަލުންނާ جِمَاعُ ނުވެ ވަރިކުރުމެވެ.) އަދި ކަލޭމެން عِدَّة ރަނގަޅަށް ހިސާބުކޮށް ބަރާބަރު ކުރާށެވެ. އަދި ކަލޭމެން اللَّهُ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންގެ رَبّ އެވެ. (ދެންފަހެ ކަލޭމެން އެކަނބަލުން ވަރިކޮށްފިއްޔާ) އެކަނބަލުން (ފިރިމީހާގެ) ގެއިން ނުނެރޭށެވެ. އަދި އެކަނބަލުންވެސް ގެއިން ނުނިކުންނަ ހުއްޓެވެ. އެކަމަކު އެއީ އެކަނބަލުން بَيَان ވެގެންވާ فَاحِش ކަމެއް ގެނަސް ނުގަތިއްޔާއެވެ. (ފަހެ އެއީ ޒިނޭ ކުރުން ކަހަލަ - ނުވަތަ ދޫނުބައިކަމުން ގޭގައި އުޅޭ މީހުންނަށް އުދަގޫވުން ކަހަލަ ކަންކަމެވެ. ފަހެ އެފަދަ ކަމެއް ކޮށްފިއްޔާ ދެން އެކަނބަލުން ގެއިން ނެރުނަސް ކުށެއް ނެތެވެ.) އަދި އެއީ، (އެބަހީ މިއެންގެވުންތަކަކީ) اللَّهُ ގެ حَدّ ތަކެވެ. އެކަލާނގެ އިންތަކެވެ. އަދި اللَّهُ ގެ حَدّ ތައް ފަހަނައަޅައިދާ މީހާ ހަމަކަށަވަރުން އެމީހާ އެމީހާގެ نَفْس އަށް އަނިޔާވެރިވެއްޖެއެވެ. (ފަހެ އެކަނބަލުން عِدَّة ހަމަވަންދެން ފިރިމީހާގެ ގޭގައި އިނުމުން) ދެން اللَّهُ އުފައްދަވާ ކަމެއް ނިޔާކުރައްވާ ގޮތެއް ކަލޭމެނަކަށް ނޭގޭނެއެވެ. އެދުވަސްވަރު اللَّهُ ކަމެއް ނިޔާކުރައްވައިފާނެއެވެ.\nދަންނައެވެ. اللَّهُ ކަމެއް މެދުވެރި ކުރައްވާ ނިޔާކުރެއްވުމުގެ مُرَاد އެއްކަމުގައި މިތާގައި މިވަނީ عِدَّة ގެ ދުވަސްވަރު ފިރިމީހާގެ ގޭގައި ވަރިކުރި އަންހެނާ އިނުމުން ފިރިހެން މީހާ އަށް ގިނަ ވަގުތު އޭނާ ފެނި އަލުންވެސް އެދެމީހުން ދެމެދު اللَّهُ ގުޅުން އުފައްދަވައި ދެއްވައިފާނެއެވެ. ފިރިމީހާގެ ހިތަށް ލޯބިވެރިކަން ވަދެ އަލުން ދެމީހުން ގުޅޭނެގޮތް މެދުވެރި ވެދާނެއެވެ. އެގޮތް ހެޔޮވެގެންވެއެވެ. لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا މިބަސްފުޅުން މުރާދުކުރެވެނީ އެކަންތަކެވެ. وَاللَّهُ أَعْلَمُ