Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Talaq — Ayah 6

65:6
أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ٦
رُجْعِي ވަރިން ކަލޭމެން ވަރިކުރި އަންހެން މީހާއަށް އޭނާ އިންނާނެތަން ކަލޭމެން ދޭށެވެ! އެއީ ކަލޭމެންވެސް ދިރިއުޅޭ ފެންވަރަކުންނެވެ. ކަލޭމެންގެ ތަނަވަސްކަންހުރި މިންވަރަކުންނެވެ. (އޭނާއަށް نَفَقَة ވެސް އެބަހީ ކައިބޮއި ހެދޭ މިންވަރުވެސް ދޭށެވެ. އަދި އޭނާއަށް ދަތިކުރުމަށްޓަކައި ކަލޭމެން އޭނާއަށް އުނދަގޫ ނުކުރާށެވެ. (އެއީ عِدَّة ހަމަވާން ކައިރިވީމާ رُجُوْع ކޮށްފައި އަލުންވެސް ވަރިކުރުމެވެ. އެހެން ނުހަދާށެވެ. އޭރުން އަލުންވެސް އޭނާ عِدَّة ފަށައިގެން ހަމަކުރަންޖެހޭނެއެވެ.) އަދި ވަރިކުރެވުނު އަންހެން މީހާއަކީ މާބަނޑު މީހެއްނަމަ އޭނާ ވިހާންދެން އޭނާއަށް خَرَدُ ވެސް ކުރާށެވެ. ދެންފަހެ އޭނާ ވިހައިގެން ދަރިފުޅަށް ކިރުދޭނަމަ އެކަމުގެ أُجُوْر އޭނާއަށް ދޭށެވެ. އަދި ކަލޭމެން ދެމީހުން ދެމެދު ރަނގަޅު ގޮތުގައި مَشْوَرَة ކޮށް ހަމަޖައްސާށެވެ. އަދި ދެމީހުންގެ ދެމެދު خِلَاف ވެ އެއްބަސްނުވެވި ކޮންމެ ފަރާތަކަށްވެސް އުނދަގޫވެއްޖެއްޔާ އެ ދަރިފުޅަށް އެހެންމީހަކު ލައިގެން ކިރުދޭށެވެ.