Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Tahrim — Ayah 10

66:10
ضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٖ وَٱمۡرَأَتَ لُوطٖۖ كَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡهُمَا مِنَ ٱللَّهِ شَيۡـٔٗا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ١٠
اللَّهُ تَعَالَى ކާފަރުވީ މީހުންނަށް މިސާލެއް ޖެއްސެވިއެވެ. އެއީ نُوْح عَلَيْه السلام ގެ އަނބިކަނބަލުންނާއި لُوْط عَلَيْه السلام އަނބިކަނބަލުންގެ މިސާލެވެ. އެދެ އަންހެނުން ވީ ތިމަންރަސްކަލާނގެ صَالِح ދެ އަޅުންކަމުގައިވާ نُوْح عَلَيْهِ السَّلَام އާއި لُوْط عَلَيْهِ السَّلَام އާއި ދެބޭކަލުންގެ ބެއްލެވުމުގެ ދަށުގައެވެ. ދެންފަހެ އެދެއަންހެނުން އެދެބޭކަލުންނަށް خِيَانَة ތެރިވެއްޖެއެވެ. (نُوْح ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނަކީ މޮޔައެކޭ ކިޔައި އެކަލޭގެފާނަށް ކާފިރުވީއެވެ. لُوْط ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނުގެ މެހްމާހުން ވީތަނުގެ ވާހަކަ ބުނެދިން ކަމުގައި ވިއެވެ.)\nދެންފަހެ اللَّهُ تَعَالَى ގެ حَضْرَة ން عَذَاب އާއި ކޯފާ އައި ހިނދުން އެދެ އަންހެނުންނަށް އެދެބޭކަލުންގެ ފަރާތުން އެއްވެސް ފައިދާ އެއް مَنْفَع އެއް ނުކުރިއެވެ. رَسُوْل ބޭކަލުންގެ އަނބިއަނބިކަނބަލުން ކަމުގައި ވީތީ ވަކިން ކުރި އެއްވެސް ކަމެއް ލިބުނު އެއްވެސް އެހީއެއް ނެތެވެ. ކާފަރުކަމާއި ނުކިޔަމަންތެރިކަމަކީ އެއްވެސް حَال އެއްގައި އެއަށް اللَّهُ ރުހިވޮޑިގެންވާ ކަންކަމެއްނޫނެވެ. އަދި އެދެ އަންހެނުންނަށްވެސް ނަރަކައަށް ވަންނަމީހުންނާއެކު ނަރަކައަށް ވަނުމަށް އެންގެވުނެވެ.