Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Tahrim — Ayah 12

66:12
وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَٰنِتِينَ ١٢
އަދި عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނުގެ މިސާލުވެސް اللَّهُ މީސްތަކުންނަށް ޖެއްސެވިއެވެ. އެކަމަނާ އަކީ އެކަމަނާގެ ލަދުގުނަވަން فَاحِش ކަންތައްތަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެކެވެ. (އެކަމަނާ ހަޑިހުތުރު އެއްވެސް ކަމެއް ނުކުރައްވައެވެ.) ދެން އެކަމަނާގެ ގައިކޮޅަށް ތިމަންރަސްކަލާނގެ رُوْح ން ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. އަދި އެކަމަނާ ހައްދަވާ ބޮޑުކުރެއްވި رَبّ ގެ كَلِمَة ފުޅު ތެދުކުރެއްވިއެވެ. އެބަހީ އެކަލާނގެ شَرِيْعَة ތެދުކުރެއްވިއެވެ. އަދި އެކަލާނގެ ބާވައިލެއްވި ފޮތްތައްވެސް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާވީ ކިޔަމަންތެރިވީ މީސްތަކުންގެ ތެރެއިންނެވެ.\nދަންނައެވެ. މި ސޫރަތުގައި اللَّهُ މިސާލު ޖެއްސެވީ ހަތަރު އަންހެނެއްގެ ވާހަކައިންނެވެ. އެތަނުން އެއް ދެއަންހެނުންނަކީ سَلاَم ލެއްވި نُوْح ގެފާނުގެ އަނބިކަނބަލުންނެވެ. އަނެއް އަންހެނަކީ سَلاَم ލެއްވި لُوْط ގެފާނުގެ އަނބިކަނބަލުންނެވެ. ދެ އަންހެނުންވެސް ތިބީ ދެ رَسُوْل ންގެ ބެއްލެވުމުގެ ދަށުގައެވެ. ނަމަވެސް ނުކިޔަމަންތެރިވެ ކާފަރުވުމުގެ ސަބަބުން رَسُوْل ބޭކަލެއްގެ އަނބިކަނބަލަކަށްވީތީ އެއްވެސް ފައިދާ އެއް ނުކުރިއެވެ. އަނެއްކޮޅުން فِرْعَوْن ގެ އަނބިކަނބަލުން ކާފަރެއްގެ ދަށުގައި ހުރުމާއެކުވެސް إِيْمَان ވެ އަދި اللَّهُ އަށް ކިޔަމަންތެރިވުމުގެ ސަބަބުން ސުވަރުގެއިން ގަނޑުވަރެއް އެކަމަނާއަށް ތައްޔާރުކުރެވުނީއެވެ. މިހުރީ عِبْرَة ން ފުރިގެންވާ ކަންކަމެވެ.