Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah At-Tahrim — Ayah 3

66:3
وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ٣
އަދި نَبِيُّ اللَّهِ ﷺ އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހު ވާހަކައެއް ސިއްރުކުރެއްވިހިނދު ދެން އެކަމަނާ އެވާހަކަ އެހެން ބޭކަނބަލަކަށް خَبَر ކުރެއްވުމުން އެކަމުގެ خَبَر (އެބަހީ އެ خَبَر ކުރެއްވުމުގެ خَبَر) ދެއްވުމުން، اللَّهُ تَعَالَى އެކަން އެކަލޭގެފާނަށް އަންގަވައި ފައުޅުކުރައްވައިފިއެވެ. ދެން އެކަލޭގެފާނު (އެ އަނބިކަނބަލުންނަށް) އޭގެ ބައެއް ވާހަކަ އަންގަވައި، އަދި އަނެއްބައި ވާހަކަ ނާންގަވައި ވަންހަނާ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު އެވާހަކަ އެކަމަނާއަށް އެންގެވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر އެންގެވީ ކާކުތޯއެވެ. އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ އެންމެހާ ކަންތައް ދެނެވޮޑިގެންވާ خَبَر ދެއްވާ ކަލާނގެއެވެ.\nދަންނައެވެ. މި އާޔަތްތައް ބާވައިލެއްވުމުގެ މުނާސަބަތު ދެތިންގޮތަކަށް تَفْسِيْرُ عِلْم ވެރިން بَيَان ކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ مَشْهُوْر ގޮތް ދާދި ކުޑަކޮށް ނަކަލު ކޮށްލަމެވެ. نَبِي އާ އާއި އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ މެދުގައި ހިނގައިދިޔަ ކަމަކަށްވާތީ އެފަރާތްތަކަށް އެކަށީގެންނުވާ ކުށްބަހެއް ބުނެވިއްޖެނަމަ اللَّهُ ގެ حَضْرَة ން ހާސް ފަށުން عَفُوْء އާއި مَغْفِرَة އަށް އެދޭ حَال ގައެވެ. އެވާހަކައިގެ خُلاَصَة އަކީ: [މާތް اللَّهُ އެކަމަނާއަށް ރުއްސުންލެއްވި حَفْصَة ގެފާނުންގެ ދާންމަތިކޮޅުގައި رَسُوْل ﷲ ﷺ އެކަލޭގެފާނުގެ ޖާރިޔާ مَارِيَةُ الْقِبْطِيَّة އާއިއެކު އެއްދާންކުރެއްވި ކަމުގައިވިއެވެ. އެދުވަހަކީ حَفْصَة ގެފާނުންގެ އަރިހުގައި رَسُوْل ﷲ ﷺ އޮންނެވުމަށް ކަނޑައެޅިފައިވާ ދުވަސްކަމުގައިވިއެވެ. ދެން އެކަމަނާ ވަޑައިގެން އެކަމާ ރުހިވަޑައިނުގަންނަވައިގެން އެކަމުގެ ބަސްފުޅެއް ވިދާޅުވުމުން އެކަމަނާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ދުވަހަކުވެސް ދެން مَارِيَةُ الْقِبْطِيَّة ގެ އަރިހަށް ވަޑައިނުގަތުމަށް رَسُوْل ﷲ ﷺ ހުވައި ކުރެއްވިއެވެ. އަދި އެވާހަކަ އެހެން މީހަކު ގާތު ވިދާޅުނުވާށޭވެސް حَدِيْث ކުރެއްވިއެވެ. އެކަމަކު އެވާހަކަ މާތް اللَّهُ ރުއްސުން ލެއްވި عَائِشَة ގެފާނަށް حَفْصَة ގެފާނު ވިދާޅުވެދެއްވައިފިއެވެ. އެއާއި ވިދިގެން اللَّهُ سُبْحَانَهُ وَتَعَالَى އެކަމުގެ خَبَر رَسُوْل ﷲ ﷺ އަށް އަންގަވައިފިއެވެ. ދެން އެކަލޭގެފާނު އެ حَفْصَة ގެފާނަށް އެ وَحِي ގެ ބައެއް ވާހަކަ އަންގަވައި އަނެއްބައިވާހަކަ ވަންހަނާ ކުރެއްވިއެވެ. ދެން حَفْصَة ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر ދެއްވީ ކާކުތޯއެވެ؟ އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އަދި خَبَر ދެއްވާ ކަލާނގެއެވެ.] އެވާހަކައިގެ خُلاَصَة މި بَيَان ވެ ދިޔައީއެވެ. މިއީ ގިނަ عِلْم ވެރިންގެ رَأْي އެވެ. އަދި މި ނޫން ގޮތްގޮތަށްވެސް މިކަމުގެ ސަބަބު ރިވާވެގެން ވެއެވެ. وَاللَّهُ أَعْلَمُ بِالصَّوابِ