Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Muzzammil — Ayah 20

73:20
۞ إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ٢٠
(އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ރޭގަޑުގެ ތިންބައިކުޅަދެބަޔަށްވުރެ ތަންކޮޅެއްމަދުންނާއި އަދި ރޭގަޑުގެ ދެބައިކުޅައެއްބައިގައްޔާއި އަދި ރޭގަޑުގެ ތިންބައިކުޅައެއްބައިގާ (މިވަރުވަރަށް) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ އަރިހުގައިވާ ބަޔަކު ރޭއަޅުކަން ކުރެއްވުމަށް (قيام اليل އަށް) ތެދުވެވަޑައިގަންނަވާކަން ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ދެނެވޮޑިގެންވެއެވެ. ރޭގަނޑާއި ދުވާލު މިންވަރުކުރައްވައި އެކަމުގެ حقيقة ތައް الله ދެނެވޮޑިގެންވެއެވެ. (އަދި ތިޔަބައިމީހުން ރޭގަނޑު ތެދުވެ އަޅުކަން ކުރައްވާ މިންވަރު އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.) އަދި ރޭގަޑާއި ދުވާލުގެ ވަގުތުތައް عدد ކޮށް މިންވަރު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ނުވަތަ އެމިންވަރަށް ރޭގަޑު އަޅުކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. - ފަހެ އެހެންވެ އެކަލާނގެ ތިޔަބައިމީހުންނަށް عَفوء ކުރައްވައި ލުއިކޮށްދެއްވައިފިއެވެ. (އެމިންވަރަށް ރޭއަޅުކަން ކުރުމަށް ބުރަވެއްޖެ ހިދެއްގައި އެކަން ލުއިކޮށްލުމުން ތިޔަބައިމީހުންނަކަށް ކުށެއްނެތެވެ. -ކުރީއޮތް އެބުރަކަމުން ލުޔަކަށް އެކަލާނގެ ބަދަލުކޮށްދެއްވިއެވެ.) ފަހެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް (ދަމު ނަމާދުގައިވެސް އަދި އެހެނިހެން ނަމާދުގައިވެސް) ކިޔަވާށެވެ. (ފަހެ إسلام دين ގެ ކުރީކޮޅުގައި ދަމު ނަމާދު واجب އަކަށްވެފައި އޮތުމަށްފަހު އެ ޙުކުމް ސުންނަތަކަށް ބަދަލުކުރެއްވީ މިއާޔަތުންނެވެ. އަދި صحّ حديث ން ވެސްމެއެވެ.) ތިޔަބައިމީހުންގެ ތެރޭގައި ބަލި މީހުންވެސް ތިބޭނެކަމާއި އަދި އެއްބަޔަކު ރިޒުޤު ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ބިމުގައި ދަތުރުފަތުރު ކުރާނޭކަމާއި އަދި އަނެއްބަޔަކުﷲ ގެމަގުގައި ހަނގުރާމަކުރާނޭކަމާއި މިމިކަންކަން ﷲދެނެވޮޑިގެންވެއެވެ. (އެމީސްމީހުންނަށް ރޭއަޅުކަން އެމިންވަރަށް ގެންދިއުންދަތިވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ.)\nފަހެ އެހުރިހާކަމަކަށްޓަކައި އެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް ކިޔަވާށެވެ. (މިބަސްފުޅުން މުރާދުކުރެވެނީ ކުޅަދާނަވާމިންވަރަށް ރޭއަޅުކަން ކުރުމެވެ.) ދެންކަލޭމެން فَرْضُ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲއަށް ރަނގަޅު ދަރަނިދެށެވެ. އެބަހީ ﷲގެމަގުގައި ހޭދަކުރާށެވެ. ފަހެ ހެޔޮކަމުގެތެރެއިން ކަލޭމެންއިސްކުރިކަމެއް އަދި ހޭދަކުރި صَدَقَة އެއް އަދިހެޔޮ ކޮންމެޢަމަލެއްވިޔަސް އެއެއްޗެއްގެދަރުމަޔާ ސަވާބު ﷲ ގެ حَضْرَةُ ގައި މާބޮޑުވެގެންވަނިކޮށް ކަލޭމެން ދެކޭނެއެވެ. އަދިފާފަފުއްސެވުމަށްއެދި ކަލޭމެން ﷲ ގެ حَضْرَةُ ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.