Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Muddaththir — Ayah 31

74:31
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ٣١
އަދިނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ މަލާއިކަތުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ އެތަންބަލަހައްޓަވާ އަދި މީސްތަކުންނަށް ޢަޒާބުދެއްވުމަށް ތިމަންރަސްކަލާނގެ ހަމަޖެއްސެވީ މަލާއިކަތްބޭކަލުންނެވެ.) އަދި އެބޭކަލުންގެ ޢަދަދު އެއީ ވަކި ޢަދަދެއްކަމުގައި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިއެވަނީ ކާފަރުވީ މީސްތަކުންނަށް ފިތުނައެއްކަމުގައި ނުވަތަ މަގުފުރެދުމެއްކަމުގައި ނުވަތަ ޢަޒާބެއްކަމުގައްޔާއި އަދިއެއީ يَهُودِي އިންނާއި نَصَارَى އިން (مُحَمَّد ގެފާނުންގެ ނަބީކަން ތެދުކަމާއިމެދު ޔަޤީންކުމަށްޓަކައެވެ. މިހެނީ މަލާއިކަތްބޭކަލުންގެ ޢަދަދު އެމީހުންގެފޮތުގައިވެސްވަނީ ހަމަ قُرَآنُ ގައިވާ ވަރަށެވެ. އަދި އީމާންވީމީހުންގެ އީމާންކަން އިތުރުވުމަށްޓަކައެވެ. މިހެނީ އެބޭކަލުންގެ ޢަދަދު އެމީހުންގެފޮތާއި قُرَآنُ އާއި އެއްގޮތްވުމުން އީމާންވާމީހުންގެ އީމާންކަން އިތުރުވާނެއެވެ. އަދިއެގޮތަށް އެކަންލެއްވީ يَهُودِي އިންނާއި نَصَارَى އިންނާއި އަދިމުއުމިނުން އެކަމާއިމެދު ޝައްކު ނުކުރުމަށްޓަކައެވެ. އަދިއެއީ ކާފަރުންނާއި އަދި އެމީހުންގެ ހިތްތަކުގައި ޝައްކާ ނިފާޤު ކަމުގެ ބަލިހުރިމީހުން މިފަދައިން ބުނުމަށްޓަކައެވެ. " މިޢަދަދުން ނުވަތަ މިވާހަކައިން ﷲ އެދިވޮޑިގަންނަވަނީ ދެން ކޮންކަމެއްބާވައެވެ. ކޮން މުރާދެއްބާވައެވެ؟ " މިފަދައިން އެމީހުން ބުނުމަށްޓަކައެވެ. ދަންނައެވެ. ﷲ އެމީހަކު މަގުފުރެއްދެވުމަށް އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ އެއަޅަކު މަގުފުރައްދަވައެވެ. އަދި ތެދުމަގުދެއްކެވުމަށް އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވަނީއެފަދައިންނެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ ގެސިފައިންގެ ޢަދަދު ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ޢަދަދު ނުވަތަ ނަރަކައިގެ ކަންތަކާއި ޙަވާލުކުރައްވާފައިވާބޭކަލުންގެ ޢަދަދު ހަމައެކަނި އެކަލާނގެއަށްމެނުވީ އެގިގެންނުވެއެވެ. އަދި އެނަރަކައިގެވާހަކަ އަކީ އާދަމުގެދަރިންނަށްވާ نَصِيْحَةއާއި وَعْظُ އެއްގެ ގޮތުންކަމުގައި މެނުވީނުވެއެވެ. އެއީ އެއިން އެމީހުން عِبْرَة حَاصِلُ ކުރުމަށްޓަކައެވެ.