Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Naba — Ayah 38

78:38
يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا ٣٨
އެދުވަހަކީ- އެބަހީ قياَمة ދުވަހަކީ رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ (شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.)\nދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.