Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Nazi'at — Ayah 14

79:14
فَإِذَا هُم بِٱلسَّاهِرَةِ ١٤
އެހައިރުން އެންމެހައި މީސްތަކުން ތިބޭނީ ބިމުގެތެރެއިން ނުކުމެ ބިމުގެ މަތީގައެވެ. ލޯތައްހުޅުވައިގެން ބަލަބަލައެވެ. ނުނިދާނެއެވެ. އެބިމަށްކިޔަނީ سَاهِرة އެވެ. އެބިމަށްއެނަންކިއުނީވެސް މީސްތަކުން އެގޮތަށް ނުނިދައި ތިބޭތީކަމުގައެވެ. އަދި އެއީ ރިހިކުލައިގެ ބިމެއްކަމުގައި ބުނެވުނެވެ. وَاللهُ أعْلَم • ދަންނައެވެ. މިސޫރަތް ފެށުނުތާގައިވާ وَالنَّازِعَاتِ - وَالنَّاشِطَاتِ - وَالسَّابِحَاتِ - فَالسَّابِقَاتِ - فَالْمُدَبِّرَاتِ މިފަސްކަލިމައާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. ތަފާތުގޮތްގޮތަށް ބުނެވިފައި ވެއެވެ. އަޅުގަޑު ލިޔެފައި މިވަނީ ގިނަބޭކަލުން ވިދާޅުވިގޮތެވެ. ނަމަވެސް...\n• ބައެއްބޭކަލުން ވިދާޅުވެފައިވަނީ އެއީ އިންސާނާގެ ނަފުސުގެ ފަސްޙާލަތުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ މަރުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީއެއީ ތަރިތަރިކަމުގައެވެ. އަދިމިނޫން ގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. އަދި އެއިންކޮންމެ ބަހަކަށްވެސް تَوْجِيْه އެއްވެއެވެ. އެވާހަކަތައް އެހެންވަގުތަކުން ދަންނަވާނީއެވެ. • ކޮންމެއަކަސް ދެވަނަފަހަރަށް ދިރިގެން مَحْشر އަށް ފޮނުއްވެމުގެ މައްސަލަ ދޮގުކުރި މީހުން އަދި ދޮގުކުރަމުންދާމީހުން ވަރަށް ގިނައެވެ. އިސްވެދިޔަ أمة ތަކުގައިވެސް رَسُول ބޭކަލުން ދޮގުކުރުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. قِيامة ދޮގުކުރުމެވެ. އެހެންނަމަވެސް އެއީ ދުވާލުގެ އިރަށްވުރެ އަލިގަދަ ދަލީލު ހުރިކަމެކެވެ. عَقلى ދަލީލާއި نَقلى ދަލީލެވެ. ދުނިޔޭގެ މިއޮއްބޮޑު ކާރުޚާނާގައިވެސް ނަތީޖާއެއް އޮންނަންވާނެއެވެ. ކުދިކުދި ކާރުޚާނާތަކުގައިވެސް ގަޑިޔަށް ފަރުވާބަހައްޓާމީހުންނާ ބަރާބަރަށް މަސައްކަތް ކުރާމީހުންނަށް ބޮޑު އުޖޫރަ ދެއްވުން އޮވެއެވެ. އެއީ އެންމެން ދަންނަކަމެކެވެ. އެހެންވީއިރު މި ކާރުޚާނާގައިވެސް ރަނގަޅަށް މަސައްކަތްކުރި މީހުންނާއި ފަރުވާބެހެއްޓި މީހުންނަށް މަތީ ދަރަޖަ ހުންނާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ފަރުވާކުޑަކޮށް ގަޑިޔަށާއި މަސައްކަތަށް މަކަރު ހެދި މީހުންނަށް މުސާރައިން ކެނޑެންޖެހޭނެއެވެ. އެކަން އޮންނާނީ އަހަރީ ރިޕޯޓް އިއްވާ ދުވަހުންނެވެ. އެއީ قِيامة ދުވަހެވެ. ވަނަވަނައަށް އިނާމާއި ކުށްވެރިންނަށް އަދަބު އޮންނަންޖެހޭނެކަން ސަލާމަތް ބުއްދިއަކަށް ވިއްޔާ ޤަބޫލު ކުރެވޭނެއެވެ. މިއި عَقلى ދަލީލެވެ. نَقلى ދަލީ އަދިއެހާގިނައެވެ.