Text Uthmani:
فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ١٣٣
Abu Bakr Ibrahim Ali (Bakurube):
ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި ގޮއްފުޅަންގާ އުކުނާއި - އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطى އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. އޭގެ އެއްކަމަކީ (1) طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. (2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. ދެން ފޮނުއްވީ (3) އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ (4) ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ (5) ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ.\nފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.
Office of the president of Maldives:
ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.