Text Uthmani:
جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ ٢٩
Abu Bakr Ibrahim Ali (Bakurube):
،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
Office of the president of Maldives:
(އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!