Text Uthmani:
أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ ٣٨
Office of the president of Maldives:
އެއުރެން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު، އެއުރެންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ! އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ بيان ވެގެންވާ މަގުފުރެދުމެއްގައެވެ.
Abu Bakr Ibrahim Ali (Bakurube):
އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =\nދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.