Text Uthmani:
فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ ٧٩
Office of the president of Maldives:
ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.
Abu Bakr Ibrahim Ali (Bakurube):
ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.\n• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِى ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-\nދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!