Text Uthmani:
يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ ١١
Abu Bakr Ibrahim Ali (Bakurube):
އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ.\n• ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ.\nފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ.\nދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =
Office of the president of Maldives:
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ.