Text Uthmani:
يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّٰيَ فَٱرۡهَبُونِ ٤٠
Abu Bakr Ibrahim Ali (Bakurube):
އޭ بَنِي إِسْرَائِيل ންނޭވެ! ކަލޭމެންނަށް ތިމަންރަސްކަލާނގެ ލެއްވި نِعْمَة ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ތިމަންރަސްކަލާނގެ عَهْد ފުއްދާށެވެ! ތިމަންރަސްކަލާނގެ ކަލޭމެންގެ عهد ފުއްދަވާހުށީމެވެ. އަދި ހަމަ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ!\rދަންނައެވެ! بَنِي إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ދަރިންނެވެ. إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ނަންފުޅެވެ. އެއީ عبدﷲ ކިޔާ މާނައިގައެވެ. إسْرَا މިއީ عَبْد ގެމާނައެވެ. إِيْل އެއީ ﷲ އެވެ. عِبْرَانِى ބަހުންނެވެ. قُرآن ގައި بَنِي إِسْرَائِيل ންނާއި مُخَاطَب ކުރައްވާފައިވާ مراد އެއްކަމުގައި مُفَسّرން ވިދާޅުވަނީ އެއީ رَسُول ﷲ ﷺ نبي ކަމާއި رَسُول ކަމާއިގެން ފޮނުއްވިއިރު ތިބި يَهُودي ންގެ ވާހަކައެވެ. خَاصّ ވެ އޭރުތިބި يَهُودي ންގެ علم ވެރިންނެވެ. حَبْرُ ންނެވެ. އެހެނީ އޭރު يَعْقُوبُ عليه السّلام ގެ އުފަންދަރިންނާއި ކާފަދަރިންވެސް ދުނިޔޭގައި ނެތްތާ އެތައް ދުވަހެކެވެ. قُرآن ގައި بَنِي إِسْرَائِيل ންނާބެހޭ ގިނަ ވާހަކަތައް އެވަނީ އޭރުތިބި يَهُودي ންނަށްވާ عِبْرَة އާއި ހަނދާނެކެވެ. އެމީހުންގެ ކާބަފައިންނާއި އެކާބަފައިންގެގާތަށް ވަޑައިގެންނެވި نبي ބޭކަލުންނާ رَسُول ބޭކަލުންނާމެދު ކަންތައް ވަމުންދިޔަގޮތުގެ ހަނދާނަކަށެވެ. والله أعلم. بَنِي إِسْرَائِيل ންނަށް ﷲ ދެއްވި نعمة އަކީ ވަރަށްގިނަ نعمة އެވެ. އޭގެތެރޭގައި އެމީހުންގެތެރެއިން ގިނަ رَسُولން ވަޑައިގަތުމާއި ފޮތްތައް ބާވައިލެއްވުމާއި فرعون ގެފަރާތުން އެމީހުންނަށް ލިބެމުންއައި ގިނަ عَذَاب އާއި އުނދަގޫތަކުން އެމީހުން ސަލާމަތްކުރެއްވުމާއި، ހިލަގަނޑު ފަޅުއްވާ އެމީހުންނަށް ފެންދެއްވުމާއި مَنُّ އާއި سَلْوَى ކާންދެއްވުމާއި އަދިވެސް އެތައް ގިނަ نعمة އެކެވެ. ބަނީ އިސްރާއީލުންނާއި، ﷲ އާއިމެދު (އަދި އެންމެހައި خَلْقُ ތަކުންނާމެދުވެސް) ވާ عَهْد އަކީ އެމީހުން ﷲ އަށް އަޅުކަންކޮށް އެކަލާނގެ دين އާއި تبع ވުމެވެ. އަދި މީސްތަކުންނަށް ﷲ ކުރައްވާފައިވާ عهد އަކީ އެފަދައިން ކަންތައްކުރާ ބަޔަކަށް ސުވަރުގެދެއްވުމެވެ.
Office of the president of Maldives:
އޭ إسرآءيل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!